ގއ. ވިލިނގިލި ބަނދަރަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމެންޓް ރަށަށް ގެންގޮސްފި ކަަމަށް އެ މަޝްރޫޢުގެ މަސައްކަތް ހިންގާ އެމްޓީސީސީން ބުނެފިއެވެ.

ވިލިނގިލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ތިންވަނަ ފިޔަވަހި)ގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަސްވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 75 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ. އަދި، އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތުގެ 89 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރަށް 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ އަގަކަށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން