ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގެ މޫސުން ޢާންމުގޮތެއްގައި ރަނގަޅުވިޔަސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި އެ ސަަރަހައްދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެސް ބުންޏެވެ.

އެގޮތުން، މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ނިޔަލަށް ހުދު ސަމާލު ވަނީ ނެރެފައެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރިއެވެ. އެހެންކަމުން، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން