ވައްކަމެއް ކޮށްފައި އޮވެގެން އޭނާ ލެވޭނެ ޖަލެއް ނުހުންނާނެ ކަމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) މިއަދު ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާގައި މި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ފުރުން މަނާކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވުމާއި ގުޅިގެންނެެވެ. ޖަމީލުގެ އެވާހަކަތަކާއި ގުޅިގެން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ އޭނާ ފިއްލަވައިގެން ފުރާވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެެވެ. އަދި އާ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ތިޖޫރި އާއި 13 މިލިއަން ރުފިޔާއަށް ވީގޮތް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.



"އަޅުގަނޑު ފިލައިގެން ފުރައިގެން ދާންޖެހޭ ސަބަބެއް ނޯންނާނެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިޖޫރީ އާއި 13 މިލިއަނަށް ވީގޮތް ބެލުމުގެ ފުރުސަތު މިހާރުގެ އިދިކޮޅަށް ލިބޭނެ، ޔަޤީނުންވެސް ވައްކަމެއް ކޮށްފަ އޮވެގެން ލެވޭނެ ޖަލެއް ނުހުންނާނެ." އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މޫކޭ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން