ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އައްޑޫ ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި އުމުރުން 24 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. އަދި އެ ތިން މީހުންގެ ތެރެއިން 27 އަހަރުގެ މީހާ އާއި 24 އަހަރުގެ ދެ މީހުންގެ ބަންދަށް 60 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެމައްސަލައިގައި ހައްޔަރުކުރި 24 އަހަރުގެ އިތުރު މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެެވެ.

ގުރޫޕަކުން ޝަރީފަށް ހަމަލާ ދިނީ މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މާލޭގައި ހުންނަ މެންހަޓަން ހޮޓަލް ތެރޭގައި ހުންނަވަނިކޮށެެވެ. މި ހަމަލާއާ ގުޅިގެން ޝަރީފުގެ މޫނުމައްޗަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން