އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ މޮޅުވުމާ އެކު، ލީގުގެ ހަތަރު ވަނަ މަގާމުގެ ވާދަވެރިކަން ބޮޑުވެ ފޯރި ގަދަވެއްޖެއެވެ.
ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 2-0 އިން ބަލިކޮށްފަ އެވެ. ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ މާކަސް ރެޝްފޯޑް އެވެ. ދެ ވަނަ ހާފުގައި އަޔޫ ވަނީ ޕެލަސް އަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމާފައިވަނީ އަޔޫ ގޯލް ޖެހިއިރު އޮފްސައިޑް މަޤާމެއްގައި ހުރި ކަމަށެވެ.
ދެ ވަނަ ލަނޑެއް ޖަހަން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުވީ 78 ވަނަ މިނިޓްގަ އެވެ. މި ގޯލު އެންތަނީ މާޝިއަލް ޖެހީ ރެޝްފޯޑް ދިން ބޯޅައަކުންނެވެ. އޭގެ ކުރިން ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. މި މެޗުން މޮޅުވުމާ އެކު ޔުނައިޓެޑުން ވަނީ ބަލިނުވެ 19 މެޗު ހަމަކޮށްފަ އެވެ.
ރޭ ލެސްޓާ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި މޮޅުވީ ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިންނެވެ. އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނުލައި ކުޅުނު ލެސްޓާގެ ގޯލުތައް ޖެހީ އަޔޯޒީ ޕެރޭޒާއި ޑެމަރާއި ގްރޭ އެވެ. ހަތަރު ވަނައިގައި އޮތް ލެސްޓާ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް 37 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. ލެސްޓާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 37 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.
ރޭ އެސްޓަން ވިލާ އާއި އެވަޓަން 1-1 އިން އެއްވަރުވިއިރު، ބްރައިޓަން ލީޑުނަގާފައިވަނިކޮށް ސައުތެމްޓަނުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ރޭގެ ނަތީޖާއާ އެކު އެސްޓަން ވިލާ ރެލިގޭޝަނުން ސަލާމަތްވާން ކުރާ މަސައްކަތްތަކަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އަދި ބްރައިޓަން ސަލާމަތުގެ އައްސޭރި އަށް ދާން ކުރާ މަސައްކަތުގައި ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ.
ލީގުގެ ފަހު ދެ މެޗަށް ކުރިމަތިލާއިރު އެންމެ ފޯރިގަދަކޮށް އޮތީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަތަކަށެވެ. ޗެމްޕިއަން ލިވަޕޫލާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގަ ކަށަވަރުކޮށްފަ އެވެ. ބާކީ ހުރިހާ ޓީމަކަށް ވެސް ދެ މެޗު އޮތްއިރު، ޗެލްސީ އަށް އޮތީ ރަށުން ބޭރުގައި ލިވަޕޫލާއި، އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރާ މެޗެވެ. ލެސްޓަރ އަށް އޮތީ ރަށުން ބޭރުގައި ޓޮޓެންހަމާ ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ބައްދަލުކުރާ މެޗެވެ.
ލެސްޓަރ މެޗުގެ ކުރިން ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. މިހާރު ޓޭބަލް އޮތް ގޮތުން ލީގު ނިމޭ ދުވަހު ލެސްޓަރ ދަނޑުގައި ޔުނައިޓެޑާ ލެސްޓަރ ކުޅޭ މެޗް ވެގެންދާނީ ލީގުގައި ކުޅޭނެ އެންމެ ފޯރިގަދަ އެއް މެޗަށެވެ.

ކިޔުންތެރިންގެ ހިޔާލު