ދަ ޑިމޮކްރެޓްސް ޕާޓީން މިހާރު އެރާވާ ރޭވުމަކީ އަމިއްލަ ޙާލައިގެން މަޖިލީސް ގޮނޑިތައް ކާމިޔާބު ނުކުރެވޭނެތީ ރާވާ މަކަރުވެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިބުރޭ މިފަދައިން ވިދާޅުވީ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ޑިމޮކްރެޓުން ހުށައަޅާފައިވާތީ ނިޒާމު ބަދަލު ކުރުމާމެދު އެމްޑީޕީގެ ޤައުމީ މަޖިލީހުން ދެކޭ ގޮތެއް ބެލުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

"ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައިލީމަ، އެބަ އެނގޭ، އެއްވެސް ދާއިރާއަކުން އެބޭފުޅުންނަކަށް އަމިއްލަ ހާލައިގެން މަޖިލިސް ގޮނޑިއެއް ލިބޭ ވަރަކަށް ވޯޓެއް ނުއެއް ލިބޭނެކަން." ޑިމޮކްރެޓްސްއަށް އިޝާރާތް ކުރަށްވައި އިބްރޭ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އިބްރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު 15،000 ވަރަކަށް ވޯޓުން ޑިމޮކްރެޓްސްއަށް މަޖިލީހުގެ ގޮނޑިއެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، އެ ޕާޓީއަށް އެމްޑީޕީ ނުވަތަ ޕީޕީއެމާއި ގުޅިގެން ނޫން ގޮތަކަށް މަޖިލީސް އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބު ނުކުރެވިދާނެ ކަމަށް ޑިމޮކްރެޓްސްއަށް ހީވާ ކަމަށް އިބްރޭ ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަށް އިންތިޚާބުގެ ދެވަަނަ ބުރުގައި ތާއީދުނުކޮށް މިހާރު އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވަން މަސައްކަތްކުރައްވަނީ މަކަރުވެރި ރޭވުމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިހަކަށް ދުވަހު މި ނިންމާލި ރިޔާސީ އިންތިޚާބު ކެމްޕެއިންގައި އަޅުގަނޑުމެންވެސް ވަރަށް ދެރަވި އެބޭފުޅުން ދެއްކެވީ އިބޫ ނޫން ގޮތެއް، ކޮންމެހެން މުޢިއްޒު ނުވަތަ އެހެން މީހަކު ހޮވާކަށްވެސް ނޫން." މި ސަބަބަށްޓަކައި މިވަގުތު އޭނާވެސް ރާއްޖެއަށް ކޮންމެހެން އެންމެ ރަނގަޅު ނިޒާމަކަށް ނުބަލައި 'ބަރުލަމާނީ ނޫން ގޮތެއް' އިޚްތިޔާރު ކުރައްވާނެ ކަމަަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން