މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމުން ހުސްވާ މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމަށް ޔޫތް މިނިސްޓަރ އަޙްމަދު މަހްލޫފް ވާދަކުރައްވަން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މާލޭ މޭޔަރުގެ މަގާމުގެ އިންތިހާބު އިއުލާންކުރާނީ ނޮވެމްބަރު 17 ގައި މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ތަމްސީލުކުރެއްވި މަހްލޫފު ވަނީ އޭނާގެ ކެމްޕެއިން ލޯގޯ ސޯޝަލް މީޑިއާގައި އާންމުކޮށް މާލޭ މޭޔަރުގެ މަގާމުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާން ނިންމަވައި ކެމްޕެއިން ކުރަށްވަން ފައްޓަވާފައެވެ.

މީސް މީޑިއާގައި މަހްލޫފު މިކަން އިއުލާންކުރައްވާފައިވާއިރު މިއަދު މާލެ ސިޓީ ކައުންސިލުން ވަނީ ޑރ. މުޢިއްޒާއިއެކީގައި ބާއްވާ އެންމެ ފަހުގެ ސިޓީ ކައުންސިލު ބައްދަލުވުމުގައި މޭޔަރުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ހަވާލުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން