އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް 296 މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.

2024ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެކި އެކި މަސައްކަތްތަކަށް ވަގުތީ ގޮތުން ނަގާ މަގާމުތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ލޮޖިސްޓިކް އޮފިސަރުންނާއި މެނޭޖަރުން އަދި ޖީއެސް 2 އާއި ޖީއެސް 3 ގެ އޮފިސަރުން ފަދަ މަގާމުތައް ހިމެނެއެވެ.

މީގެތެރޭގައި 218 ޖީއެސް 3 ގެ އޮފިސަރުންނާއި 40 ޖީއެސް 2 ގެ އޮފިސަރުން ނެގުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށްވެސް ޓެކް އޮފިސަރ އަދި ގްރެފިކް ޑިޒައިނަރގެ މަގާމަށްވެސް ކުރިމަތިލުމަށް ހުޅުވާލާފަެި ވެއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ ޑިސެމްބަރ 31 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ. އެހެން ނަމަވެސް، އަލަށް އިތުރުކުރެވޭ 6 ދާއިރާއާއިއެކު ކުރިއަށް އޮތް އިންތިޚާބުގައި 97 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން