ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ސިންގަޕޫރަށް އައުޓްސޯސް ކުރުން މާ ރަނގަޅު ކަމަށް ރައްްޔިތުންގެ މަކިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސަޢީދު ވިދާޅުވީ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މަސައްކަތް ރަނގަޅެއް ނޫން ކަމަށެވެ.

އެހެންކަމުން، އެ މުއައްސަސާތަކުގެ މަސައްކަތް ސިންގަޕޫރު ފަދަ އެހެން ގައުމުތަކަށް އައުޓްސޯސް ކުރައްވަން ޖެހޭ ކަމަށެވެ. އެހެން ނޫނީ ކޮރަޕްޝަންގެ މައްސަލަތައް ރާއްޖޭގައި މަދު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސައީދު ވަނީ މިއޮތް ހުރިހާ ދުވަހު އެކްޓިވް ކަމަށް ނުފެނުނު އެޗްއާރްސީއެމުން ރިޔާސީ އިންތިޚާބުގައި ކުއްލިއަކަށް "ފާޅުވި" ކަމަށް ވިދާޅުވެ އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހީވަނީ އިންސާފުވެރި ފަރާތަކަށް (އޭސީސީ) އައުޓްސޯސް ކުރަންވީ. އޭރުން އިންސާފު އަޅުގަނޑުމެންނާއި ބައްދަލުކުރާނެ." ސަޢީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން