ބޭރުގެ އިއްޒަތްތެރިންނަށް މެސެޖުކޮށް އައު ސަރުކާރަށް ފާޑުނުކިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަޒީރުންނަށް އިލްތިމާސްކުރަށްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މަޖިލީޙުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މަޖިލހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަޒީރުން އައު ސަރުކާރު ބަދުނާމްވާފަދަ ވާހަކަތައް ދައްކާކަމަށް ބޭރުގެ އިއްޒަތްތެރިން އެމަނިކުފާނަށް މައުލޫމާތުދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ ތެދެއްތޯ އެއްސެވުމުން އެމަނިކުފާނަކީ އައު ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވެ ޖަވާބުދެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު އެބަ ދަންނަވަން، އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެއޭ. ދެން އެހެންވީމާ އަޅުގަނޑަށް ވަރަށް އުނދަގުލޭ ސާފުކޮށްދޭން އެހާ ގޯސްކަމެއް ރާއްޖޭގައި ވާން އުޅޭކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް ބޭރުގެ އިއްޒަތްތެރިންނަށް މެސެޖުނުކުރުމަށް ރައީސް ނަޝީދު ރާއްޖޭގެ ހުރިހާ އިއްޒަތްތްތެރިން ކިބައިން އެދިވަޑައިގެންނެވި ނަމަވެސް އެފަދަ ކަމެއް މި ސަރުކާރުގެ ވަޒީރަކު ކުރަށްވާފައިވާ ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން