އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާއާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވާންގް ލީޝިންއާއި ބައްދަލު ކުރައްވައިފިއެވެ.

ޑރ، މުޢިއްޒާއި އެކީގައި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްވެސް މި ބައްދަލުވުން ތަކުގައި ބައިވެރިވަޑައިގަތެވެ. މިއީ އެމަނިކުފާނު އިންތިޚާބު ކާމިޔާބުކުރެއްވި ފަހުން ރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. އިނގިރޭސިވިލާތުގެ ސަފީރާއި ބައްދަލުކުރެއްވުމަށްފަހު ޑރ. މުޢިއްޒުއާއި ސެމްބެ ވަނީ ޗައިނާގެ ސަފީރާއި ބައްދަލުކުރައްވާފައެވެ.

މ. ދިމްޔާތުގައި ބޭއްވި މި ބައްދަލުވުންތަކުގައި ވާޙަކަފުޅުދައްކަވަމުން، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި ދެ ގައުމާއި އެކު ބާއްވަވާ ޚާރިޖީ ގުޅުން ބަދަހި ކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

އިނގިރޭސި ސަފީރާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އިންތިޚާބުގެ ކާމިޔާބީއަށްފަހު ބޭރުގެ ޑިޕްލޮމެޓުންގެ ތެރެއިން އެކަމަނާއި އެންމެ ފުރަތަމަ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށް އިނގިރޭސި ސަފީރު ވަނީ ވިދާޅުވެފައެވެ. އަދި އެއިން ހާމަވެގެން ދަނީ ދިވެހި ސަރުކާރުތަކުން އިނގިރޭސިވިލާތާއެކު ބާއްވަވާ ގުޅުން މި ސަރުކާރުންވެސް ބާއްވަވާނެކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރާއި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ވަނީ ޗައިނާއިން މިހާތަނަށް ރާއްޖޭގެ ތަރައްގީއަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރަށްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޗައިނާގެ އެހީތެރިކަމަށް އުންމީދުކުރައްވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން