ސިޔާސީ މަންފާއެއް ހޯދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ދައުރުގައި އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީ އިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރައީސް ސާލިޙަކީ ސިޔާސީ މަންފާއެއް ހޯދުމަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެެވެ. ރައީސްގެ ރިޔާސީ ދައުރުގައި އެމަނިކުފާނު ބެއްލެވީ ގައުމަށް ބޮޑެތި ހެއު ބަދަލުތަކެއް ގެނައުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން މަންފާ ކުރަން މަންފާ ހޯދަން ރައީސުލްޖުމުހޫރިއްޔާ ކަންކަމެއް ކުރެއްވިނަމަ ކުރާނެ ވަރަށް ގިނަ ކަންކަން ހުރީސް. އެހެން ނަމަވެސް ކުޑަ ރަށެއް ބޮޑު ރަށެއް ވަކި ޕާޓީއެއް، ރައްޔިތެއް ތަފާތު ކުރުމެއް ނެތި މިގައުމަށް ހެއު ވެރިކަމެއް ކުރަމުން މިގެންދެވުނީ. އަޅުގަނޑުމެން މި ދެކޭ ހުވަފެނަކީ މިގައުމަކީ ޑިމޮކްރަޓިކް މުޖުތަމައެެއް ގާއިމްވެ އިންތިހާބުތަކުން ބަސް ބުނެ އެގޮތަށް ދައުލަތް ބަދަލުވެގެން ދިޔުން ކުރިއަށް ގެންދިޔުމަށް،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރައީސް މައުމޫންގެ ދިގު ތިރީސް އަހަރު އޮތް އަނިޔާވެރިކަމާއި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓި ދެން އައި ޑރ. ވަހީދުގެ ސަރުކާރާއި ރައީސް ޔާމިންގެ ސަރުކާރުގައި އޮތް ބިރުވެރިކަން ރައްޔިތުން މިއަދު ހަނދާން ނެތިގެން ގޮސްފައިވަނީ 2018 އިން 2023 އާއި ހިސާބަށް ރައީސް ސާލިޙު ވެރިކަން ކުރެއްވި ގޮތުން ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތަކަށް ބިރުވެރިކަމެއް ނެތި ތަންމިނަށް މިނިވަންކަމާއެކު މިގައުމުގައި ކަންކަން ކުރުމާއި ބަސްބުނުމާއި ސިޔާސީ ހަރަކާތްތައް ހިންގަން ވާހަކަ ދެއްކުމާއި މީޑިޔާގެ މިނިވަންކަން ކަން ދުނިޔޭގެ އެއްވެސް ގައުމެއްގައި ނެތް ވަރަށް މި ސަރުކާރުން ދީފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެއްވެސް ގައުމެއްގައި ނެތް ވަރަށް މިނިވަންކަން އޮވެގެން އޭގެ ނާޖާއިޒު ފައިދާތަކާއި އެއްކޮށް އަނެއްކާވެސް ހެއުވެރިކަމެއް މިވަނީ ބަދަލުކުރެވިފައި. އެއީ ރައްޔިތުންގެ ވިސްނުމަށް ކުރީގެ އަނިޔާވެރިކަން ހަދާންނެތި ދޮގު އެތައް ވާހަކަތަކެއް ވައްދައިގެން ދިމާވި ސަބަބެއް،" ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން