ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުން ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ. އެމައްސަލަ ޔާމިންގެ ފަރާތްޕުޅުން ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޢަބުދު ﷲ ޝިޔާޒް މިރޭ ވިދާޅުވީ އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައިކޯޓުގައި މިހާރު ތާވަލްކޮށްފައިވާ ކަމަށެވެ.



އަދި އެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 01:45 އަކަށް ކަމަށް ޝިޔާޒް ވިދާޅުވިއެެވެ.

އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ވަރަަށް ގިނަ އަޑުއެހުންތަކެއް ހައި ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު އެމައްސަލަ މިހާރު ވަނީ ނިމުމަކާ ގާތް ވެފައެެވެ.

ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރެއްވުމާއެކު ޖަލު ހުކުމުގައި ހުންނެވި ރައީސް ޔާމިން މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން