ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަކަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިންތިހާބު ކޮށްފިއެވެ.

ޕީއެންސީން މިރޭ ބުނީ އެޕާޓީގެ ސެނެޓް ބައްދަލުވުމެއްގައި ސެނެޓްގެ އަޣުލަބިއްޔަތުން ޕީއެންސީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ހަމަޖައްސާފައިވާ ކަމަށެެވެ. އަދި ޕީއެންސީގެ ނައިބް ރައީސަކަށް އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ހަމަޖައްސާފައިވާ ކަމަށް އެޕާޓީން ބުނެއެވެ. އެދެބޭފުޅުން މަގާމަށް އިންތިހާބުކުރީ ސެނެޓްގެ އަޣުލަބިއްތަތުން ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީއެންސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވީ އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެެވެ. މިރޭގެ ބަައްދަލުވުމުގައި އަދުރޭ ޕީއެންސީގެ ޗެއާޕާސަންގެ މަގާމަށް ހަމަޖެއްސުމަށް ވެސް ސެނެޓުން ވަނީ ނިންމާފައެވެ.

ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އަދި ނައިބް ރައީސަކަށް އިންތިހާބީ ނައިބް ރައީސް ސެމްބެ ހަމަޖެއްސީ ސެނެޓްގެ 50 މެންބަރުންގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވި 40 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.

މިރޭ ޕީއެންސީ ސެނެޓްގެ ބައްދަލުވުމުގައި ސެނެޓް ނަންވެސް ބަދަލު ކުރުމަށް ނިއްމިއެވެ. އެގޮތުން ޕީއެންސީ ސެނެޓަށް "މެންބަރުންގެ މަޖިލީސް" ކިޔަން ވަނީ ފާސްކޮށްފައެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ނާއިބް ރައީސް ހުސައިން މުޙައްމަދު ލަތީފް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓްގައެެވެ.

ޕީއެންސީއަކީ ޕީޕިއެމް ކޯލިޝަންގައި ހިމެނޭ ޕާޓީއެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން