ޒަހީނުއްދީން ސަޢީދު   5 އޮކްޓޯބަރު 2023 - 3:31
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން މިރޭ އިއުލާން ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ އިއުލާންކުރި ދެވަނަ ބުރުގެ ރަސްމީ ނަތީޖާއަށް ބަލާއިރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފަައިވަނީ 129،159 ވޯޓެވެ. އެމަނިކުފާނާއި ވާދަކުރެއްވި އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. ދާއިމީ ނަތީޖާ އިން ދައްކާގޮތުން ރައީސް ސޯލިހާއި މުއިއްޒާ ދެމެދުގައި 19،291 އަށް ވުރެ ގިނަ ވޯޓުގެ ފަރަގެއް އެބަހުއްޓެވެ.



މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި، ޑރ. މުޙައްމަދު މުޢިއްޒު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާއިރު، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ވެސް މިހާރު ވަނީ ފެށިފައެވެ. އެގޮތުން ރައީސް އޮފީހުން މިހާރު ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އުފައްދާފައެވެ.

މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން