ފޮޓޯ: ޕީސީބީ
ފޮޓޯ: ޕީސީބީ
ވެރިކަން ބަދަލުވުމުގެ މަރުހާލާ ތެރޭގައި އައު ޕްރޮޖެކްޓްތައް ނުހިންގަން ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފިއެވެ.

ޕީސީބީން ނެރުނު ބަޔާނެއްގައި އަންގާފައިވަނީ ރިޔާސީ ދައުރު ފެށުމާ ހަމައަށް، އާ ޕްރޮޖެކްޓުތައް ނުފެށުމަށާ ބައެއް ކަންތައްތައް މަޑުޖައްސާލުމަށެވެ. ޕީސީބީން ވަނީ އިންތިޤާލީ މަރުހަލާ ތެރޭގައި ބޮޑެތި ޕްރޮޖެކްޓްތައް ނުފެށުމަށް ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް އަންގާފައެވެ.

މީގެ އިތުރަށްވެސް، ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ޤަވާއިދުތަކާއި އުސޫލުތަކުގެ އިތުރަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށާއި ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކަށް ބަދަލު ނުގެނައުމުގެ އިތުރަށް ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ޕީސީބީން އަންގާފައި ވެއެވެ.

އިންތިޤާލީ ކޮމިޓީއަށް ބޭނުންވާ ހުރިހާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، އެ ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މަޢުލޫމާތު ލުއި ފަސޭހަ ގޮތަކަށް އިންތިޒާމްކުރުމަށް ޕީސީބީގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މި މުއްދަތުގެ ތެރޭގައި ހާމަކަން ބޮޑުގޮތެއްގައި ކުންފުނިތަކުގެ ނިންމުންތައް ޒިންމާދާރުކޮށް ނިންމުމަށް ޕީސީބީން އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން