ޓީޗަރުން މަދުވުމުގެ މައްސަލައަށް އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހައްލެއް ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބާއާއި ގުޅިގެން އެމަނިކުފާނު ނެރުއްވި ޚިތާބެއްގައެވެ.

މިއަދުގެ ޝިއާރާއި ގުޅުވައި ޑރ. މުޢިއްޒު ވަނީ މައިގަނޑު ދެ ކަމެއް ފާޙަގަކުރައްވާފައެވެ. އެއީ ޓީޗަރުން މަދުވުމާއި ކިޔަވައިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލްކަން ހުރުމާ މެދު ސުވާލު އުފެއްދުމުގެ މައްސަލަތަކެވެ.

"އިރާދަކުރެއްވިއްޔާ މި ދެ މައްސަލައަށް ވެސް، އަޅުގަނޑުމެން އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނަމެވެ." ހިތޯބުގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން، ޓީޗަރުންގެ އިދާރީ އޮނިގަނޑު ބައްޓަން ކުރުމުގައި ބަދަލުތަކެއް ގެންނަވާނެ ކަމަށް ޑރ. މުޢިއްޒު ހާމަކުރެއްވިއެވެ.

މި ޚިތާބުގައި ޑރ. މުޢިއްޒު ވިދާޅުވީ ޓިޗަރުންގެ ދުޅަހެޔޮކަމަށް ވިސްނަވައި، މަސައްކަތާއި ޒާތީ ދިރިއުޅުން ހަމަހަމަ ވާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލާ ޓީޗަރުންނަަށް ލުއިފަސޭހަ ކޮށްދެއްވާނެ ކަމަށެވެ.

ދެވަނަ މައްސަލައަށް ރިއާޔަތްކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ ވަކި ސިފަތަކެއް ދަރިވަރުންގެ ގައިގާ އަށަގަންނާނެ ގޮތަކަށް، މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށެވެ. މި ގަރުނުގެ ދަރިވަރެއްގެ ހުންނަން ޖެހޭ ތޫނުކަމާއި ހުޝިޔާރުކަމާއި

ގާބިލްކަމާއި އުޅުންތެރިކަމާއި އިޖްތިމާއީ މިންގަނޑުތަކަށް ކަމޭހިތުމާއި އުފަން ބިމަށް ލޯބިކުރުމުގެ ސިފަތައް އަށަގެންނެވުމުގެ މަސައްކަތްތައް އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާނެ ކަމަށް ޑޜ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން