އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝާއި ޕާކިސްތާނު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން އޮތް މި ބައްދަލުވުން ކުރެއްވުންތައް ބޭއްވީ އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ރަސްމީ ގެކޮޅުގައެވެ.

ބަންގްލަދޭޝްގެ ސަފީރު އެސް.އެމް އަބްދުލް ކަލާމް އާޒާދުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭތެރޭ އެކި ދާއިރާތަކުން އޮތް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.



ޖަޕާނު ސަފީރާ ޓެކެޗޫ މިޑޯރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް މުހިއްމު މަޝްވަރާތަކެއް ބޭއްވިއެވެ. އެގޮތުން މިހާރު އޮތް ގުޅުން އިތުރު ދާއިރާތަކުންވެސް ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.



ޕާކިސްތާނުގެ ސަފީރު މުހައްމަދު ފަޔާޒު ގިލާނީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ބޭއްވިއެވެ.



ސަފީރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން