އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހަޅުއްވައިފިއެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ރައީސް ސާލިހަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ މައިގަނޑު 7 ކަމެކެވެ.

މިކަންކަން ފާހަގަ ކުރައްވައި އިއްޔެ މުއިއްޒު ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގެންނެވީ;

1- ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.

2- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން.

3- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.

4- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން.

5- ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.

6- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.

7- ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.

މުއިއްޒުގެ ސިޓީފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝުކުރު އަދާކުރަައްވައިފައެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުވުމުގައި، އާ ސަރުކާރާ ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވިކަން ފާހަކުރައްވައި ޝުކުރުވެރިކަމާއެކު އެކަން ބަލައިގަންނަ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން