އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ކޯޅުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރައްވާނޭކަމަށް އިންތިހާބީ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ.

ރައީސް ޔާމީނާއި މުއިއްޒުއާ ދެމެދު އޮތް ގުޅުމާމެދު ތަފާތު ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައި "ދައުރު" ނޫހަށް ދިން އިންޓަރވިއުއެއްގައި މުއިއްޒު ވިދާޅުވީ ޔާމީންއާ އެމަނިކުފާނާއި ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއާ ދެމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި، އަދި އެފަދަ މައްސަލައެއް އުފެދުމަށް ޖާގަވެސް ނުދެއްވާނެކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން ނުފެންނާނެ އެ ކަހަލަ އެއްވެސް ކޯޅުމެއް ވެެސް، ނޫނީ ކޯޅުމަކަށް ހިތްވަރު ދޭ ތަނެއް ވެސް. އަޅުގަނޑު ބޭނުންވަނީ، މާލެއަށް އަދި ރާއްޖެއަށް ހަމަޖެހުން އަންނަން،" ދައުރު ނޫހަށް ދެއްވި އިންޓަރވިއެއްގައި މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނާއި މުއިއްޒުގެ ގުޅުމާމެދު ޝައްކު އުފެދޭފަދަ ވާހަކަތައް ފެތުރެން ފެށީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި މަގުމައްޗަށް ނުކުތުމުގެ ބަދަލުގައި އެ މަނިކުފާނަށް ފުރުސަތު ދިނުމަށް ސަޕޯޓަރުންގެ ކިބައިން މުއިއްޒު އެދިވަޑައިގަންނަވާފައި ވަނިކޮށް އެއާއި ދެކޮޅަށް ޔާމިން ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ. ރައީސް ޔާމިން ރޭ ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށް ކުރިއަށް ގެންދާ މަގުމަތީގެ ހަރަކާތްތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަގުމައްޗަށް ނުނުކުތުމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ ވަރަށް ހެޔޮ ނިޔަތެއްގައި ދެއްކެވި ވާހަކަފުޅެއްކަމަށެވެ. އަދި އެމަނިކުފާނު ދެއްކެވި ވާހަކަތަކާއިމެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވިޔަސް، އެކަމަށް އޭނާ އިހްތިރާމްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒާއި ޔާމީނާދެމެދު މައްސަލަތައް އުފެދިފައިވާކަމަށް ބައެއް މީހުން ބުންޏަސް، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން މުއިއްޒުގެ ސަރުކާރަށް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޟުނާ

17-Oct-2023

ތިޔަކަށްނުކިޔާނެ ޔާމީން އެކޭ މިހަަރު ޔާމީން ގެ ލޮލައްނިދިވެސް ނާންނާނެ ވެރިކަންފެންނަވަރުން މުއިޒު ލޮޓިއެއްދޭން ވިސްނުން ހުންނާނީ ޖަލުން ގެނައިދުވަހުވެސް މޫނުމަތިން ވެސްފެނުނު



ޓްރެންޑިން