މާލޭގައި އޮޅުކޮށްގެން ގެންގުޅުނު އޮސްޓްރިޗްގެ ފައި ބަޔަކު ބިންދާލައި ލިބުނު އަނިޔާތަކަށް ފަހު އޭތި މަރުވެއްޖެއެވެ.

އެ ދޫނި ގެންގުޅޭ ވެރި ފަރާތް، އިސްމާއިލް ޝާހް ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނީ ވަރަށް ލޯބިން ގެންގުޅެމުން ދިޔަ އޮސްޓްރިޗަށް ރޭގެ ވަގުތެއްގައި ބަޔަކު ހަމަލާ ދީ، އެ ސޮރުގެ ފައި ބިންދާލާފައިވާ ކަަމަށެވެ. އަދި އެއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެ ދޫނި ބަލާލަން ދުވާލަކު 50 ނުވަތަ 100 އެއްހާ މީހުން އެ ފާމް ކައިރިއަށް ޒިޔާރަތް ކުރާ ކަމަށް އޭނާ ބުންޏެެވެ.

ދޫންޏަށް ލިބުނު އަނިޔާތަކާއެކު ދޫނީގެ ހާލު ގޯސްވެގެން އެ ސޮރަށް ފަރުވާ ދޭނެ ޑޮކްޓަރެއް ހޯދަންވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން އިސްމާއިލް ޝާހް ބުނީ އޮސްޓްރިޗް މިއަދުގެ ހަވީރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި އެކަމާއި މެދު އިތުރު ވާހަކަ އެއް ދައްކަން ބޭނުންނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަނގަ

17-Oct-2023

މުޅި ޤައުމުގަ ބަލިމީހުން



ޓްރެންޑިން