ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ނަގާފައިވާ މީހުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި އެފަދަ މަސައްކަތްކުރާ މީހުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅަން އެދިއްޖެއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނީ ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކުން، ދަފްތަރުވުމަށްޓަކައި އެކަމަށް ޚާއްޞަ ފޯމު ޔޫޓިލިޓީ އޮތޯރިޓީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި ފޯމް ފުރުމަށްފަހު އަންނަ އޭޕްރީލް މަހުގެ 4ގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް އޮތޯރިޓީން ބުނެއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ އެ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ، ކަރަންޓު މަސައްކަތް ނުކުރާ ފަރާތްތަކެއްކަމަށް ނިންމާނެކަމަށާއި އަދި މިއަހަރުގެ މާރޗް މަހުގެ 15 ކުރިން ނަގާފައިވާ ހުރިހާ ލައިސަންސެއް ބާޠިލްވެސް ކުރެވޭނެކަމަށެވެ.

ކަރަންޓު މަސައްކަތްކުރާ މީހުންގެ އައު ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން، ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން، މިހާރުވެސް ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމާއި އެ ފަރާތްތަކުގެ މަޢުލޫމާތު އައު ކުރުންކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ދަށުން، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން ފެނާއި، ނަރުދަމާއާއި، ކަރަންޓު އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި އުފައްދަވާފައިވާ އިދާރާއަކީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން