މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މަރިޔަމް ޝަހާނާ އައްޔަންކޮށްފިއެވެ.

ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މަރިޔަމް ޝަހާނާ އައްޔަންކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ.



ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް ޝަހާނާ އައްޔަންކުރީ އެ މަޤާމުގައި ކުރިން ހުންނެވި އަބްދުﷲ ޝިމާޒު އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ޝަހާނާއަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހަމަޖެއްސި 3 ވަނަ ޕާމަނަންޓް ސެކެޓްރީއެވެ.

މި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރީ 2019 ވަނަ އަހަރު އަބްދުﷲ ފަޔާޒުއެވެ. އޭނާ ވަނީ މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ޑިސެމްބަރު، 2020، އިސްތިއުފާ ދެއްވާފައެވެ.

އޭގެފަހުން އަބްދުﷲ ޝިމާޒު އެ މަގާމަށް ޝިމާޒު އައްޔަންކުރީ ޖޫން 2021 ގައެވެ. މިއަދު މަޤާމަށް އައްޔަންކުރެވުނު ޝަހާނާ އެ މަޤަމަށް އައްޔަންކުރީ ޝިމާޒު އިސްތިއުފާދިނުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން