ޓްރާންސިޝަން ކޮމެޓީގައި އަންހެނުންގެ ބައިވެރިވުން ނެތުމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދަށް ތާއީދު ކުރެއްވި ޔުމްނާ މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވީ އެކްސްގައި މީހަކު ފާޅުކުރި ޚިޔާލަކަށް ކުރެއްވި ކޮމެންޓެއްގައެވެ. އެކްސްގައި ޚިޔާލުފާޅުކުރި މީހާގެ ކަންބޮޑުވުމަކީ ޕީއެންސީން އެކުލަވާލި ޓްރާންސިޝަން ކޮމެޓީގައި އަންހެންބޭފުޅުން ނެތުމެވެ. އަދި މިއީ ޕީއެންސީގެ ސަރުކާރެއްގައި ވެދާނެ ކަމަށް އެންމެ ބިރުގަތް ކަންތައް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރާއިރު މި ކަންތައް ތަފާތުވެގެންދާނެ ކަމަށް އުންމީދުކުރާ ކަަމަށް އޭނާ ބުނެފައިވެއެވެ.



ޔުމްނާ ވިދާޅުވީ ކެމްޕެއިންތަކުގައި އަންހެނުން ވަރަށް ބުރަ މަސައްކަތް ކުރާ ކަމަަށެވެ. އެހެން ނަމަވެސް، ސިޔާސީ ކަންތައްތައް ނިންމާ މޭޒުތަކުން ގިނަފަހަރަށް ފެނިވަޑައިގަންނަވަނީ ފިރިހެން ބޭފުޅުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަފާތެއް ދެއްކެވި ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެގޮތުން، ރައީސް ޞާލިޙުގެ ކެބިނެޓްގައި 33 އިންސައްތަ މަގާމުތައް އަންހެން ބޭފުޅުން ފުރުއްވަމުންދާއިރު، ޑިޕްލޮމެޓިކް މަގާމްތަކުގައި 50 އިންސައްތަ އަންހެން ބޭފުޅުން ތަމްސީލުކުރެއްވުމުގެ އިތުރަށް ރަށު ކައުންސިލުތަކުގެ 33 އިންސައްތަ ގޮނޑިތައް އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެއްވި ކަމަށް ޔުމްނާ ވިދާޅުވިއެވެ. މީގެއިތުރުން ސުޕްރީމް ކޯޓުގެ ބެންޗަށް ވެސް އަންހެން ބޭފުޅުން އައްޔަނު ކުރައްވާފައިވާކަން ފާހަގަކުރައްވަމުން އެކަމަނާ ވަނީ ރައީސް ޞާލިޙަށް ތައުރީފު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން