ސިޔާސީ މަސައްކަތަށް ނުކުންނަން ވާާނީ ފާޑުކިއުންތައް އަންނާނެކަން އެނގި އެކަން ތަހައްމަލު ކުރުމުގެ ވިސްނުމާާއެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާާން މިއަދު ވިދާޅުވީ ފާޑުކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، އަދި ވަކިން ހާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށް ހީ އެއް ކަމަށެވެ. އެހެންކަމުން ސިޔާސީ މަސައްކަތަށް ނިކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަހަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާނަކީ ރައީސް ސާލިޙު ސަރުކާރު ދިފާއުކޮށް އިދިކޮޅު ފަރާތްތަކަށް ޝޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެެވެ. އެހެންކަމުން ގިނަ ބަޔެއްގެ ފާޑުކިޔުން އިމްރާނާއި އަދާލަތު ޕާޓީއަށް އަބަދުވެސް އަމާޒުވެއެެވެ. ޚާއްޞަކޮށް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އިދިކޮޅަށާއި އިދިކޮޅު ކެންޑިޑޭޓަށް އަމާޒުކޮށް އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ހޯމް މި މިނިސްޓަރު އިމްރާން އިއްޔެ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެއްވާނެއްގައި، އެއްގޮތެއްގައި ދިގުމުއްދަތަކަށް ސާބިތުވެ ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެެވެ. އަދި ވޭތުވެ ދިޔަ ދިގު މުއްދަތުގައި އަދާލަތު ޕާޓީއާއެކު ސާބިތުކަމާއި އެކު ދެމި ތިއްބެވި ހުރިހާ އަހުންނާއި އުހުތުންނަށް އިމްރާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން