މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 20 މުވައްޒަފުން ތަމްރީނާއި ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

ހައިކޮމިޝަނުން ބުނީ މި ޒިޔާރަތަކީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ)ގެ ދަށުން ކަސްޓަމްސް ތަމްރީނުކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) ގެ ޓްރެއިނިން-އަދި-ސްޓަޑީ ޓުއާއެއްގައި ބައިވެރިވުމަށް މުވައްޒަފުން ކުރާ ދަތުރެއް ކަމަށެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރ" ގެ ޓްރެއިނިންގ-އަދި-ސްޓަޑީ ޓުއާ ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 8 ން 14 އަށެވެ.

މިދަތުރަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސީ.ބީ.އައި.ސީ އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އާއި ދެމެދު ސޮއިކުރެވުނު "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ" ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނުކުރެވިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުން ބުނެއެވެ. އަދި ގާތްގަނޑަކަށް 90 އޮފިސަރުން ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައިވާކަމަށް ސަފީރުގެ އޮފީހުން ބުނެއެވެ. މި އެމްއޯޔޫގެ ދަށުން ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ ބިލްޑިންގ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިގެންދާނެ ކަމަށް ވެސް އިންޑިއާ ސަފީރުގެ އޮފީހުން މައުލޫމާތު ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނުރަބޯ

09-Oct-2023

މީ ސަހަލު ކަމެއްނޫން.



ޓްރެންޑިން