ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެލައިޑް އިންޝުއަރަންސް ކުންފުނިން ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށެވެ.

މިހާއްސަ ހަރަކާތުގެ ދަށުން އެލައިޑުގެ މުވައްޒަފުން ވަނީ މާލޭގެ ސްކޫލްތަކަށް ޒިޔާރަތްކޮށް، ޓީޗަރުންގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް ޓީޗަރުންނާއި ބައްދަލުކޮށްފައެވެ. އަދި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ޝުކުރުގެ ޓޯކަނެއްވެސް ޓީޗަރުންނަށް އަރުވާފައިވެއެވެ.



38 އަހަރުގެ ޚިދުމަތާއިއެކު، އެލައިޑް އިންޝުއަރަންސް ކުންފުންޏަކީ އެކި ދާއިރާތަކުން ރާއްޖެ ދެކޭ ކުރިއެރުމާއި ތަރައްގީއަށް ޙިއްޞާކުރާ އެންމެ ބޮޑު އެއް ފައިނޭންޝަލް އިންސްޓިޓިއުޓް އަދި އެންމެ ފާހަގަކޮށްލެވޭ އިންޝުއަރެންސް ބްރޭންޑެވެ. އެގޮތުން މުޖްތަމައުއަށް ބޭނުންވާނޭ އެކި ކަންކަމުގެ އިތުރުން، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންވެސް އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން