އިންޓަނޭޝަނަލް ކޯޗިންގ ފެޑެރޭޝަން (އައިސީއެފް)ގެ ނައިބު ރައީސް ރޮބަޓް ގާސިއާ ރާއްޖެއައިސް ކޯޗިންގެ ހާއްސަ މާސްޓަރ ކްލާސް ސެޝަނެއް ނަގައިދިނުމަށް ހަމަޖެހިއްޖެއެވެ.

ރޮބަޓް ގާސިއާ އަކީ ދުނިޔޭގެ އެކި ޖަމިއްޔާތަކަށް ކޯޗިންގެ ގާބިލްކަން ވަރުގަދަކޮށް ތަރައްގީ ކުރުމަށް ޚާއްސަ އައިސީއެފްގެ ބިޒްނަސް ޔުނިޓް ލީޑް ކުރާ ފަރާތެވެ. ވިޔަފާރި، ހިއުމަން ރިސޯސް މެނޭޖްމަންޓް، ސޭލްސް، އޮޕަރޭޝަންސް، ލީޑަޝިޕް ކޮންސަލްޓިން، އަދި ޑައިވަރސިޓީގެ ތަޖުރިބާގެ މުއްސަނދި ގާސިއާ އަކީ ކަސްޓަމަރުންގެ ލޯޔަލިޓީ ކަށަވަރުކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް އެހީތެރިވެދޭ ތަޖުރިބާކާރު ޕްރޮފެޝަނަލެކެވެ.

ރޮބަޓް ގާސިއާގެ ވޯލްޑް އޮފ ޓޮމޮރޯ ކޯޗިންގް މާސްޓަކްލާސް ސީރީޒްގައި "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" އަށް އަލި އަޅުވާލާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. މި މާސްޓަރ ކްލާސްތަކުގައި ވިޔަފާރިއާއި ހުނަރު ބެލެހެއްޓުމުގައި ކޯޗިންގެ މުހިންމު ދައުރު ދެނެގަތުމާއި، ދެމެހެއްޓެނިވި ނަތީޖާތަކަށް ކުރާ އަސަރު މިންކުރާނެ ގޮތްތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޯޗިން އިން އިނޮވޭޝަން ކުރިއެރުވުމާއި، އުފެއްދުންތެރިކަން އިތުރުކޮށް، އޯގަނައިޒޭޝަންތަކުގެ ތެރޭގައި އެންގޭޖްމަންޓް އިތުރުކުރެވޭނެ ގޮތްތައް ވެސް މާސްޓަކްލާސްތަކުގައި ދިރާސާ ކުރާނެ އެވެ.

ކޯޗިންގ އަކީ، ކުރިމަގުގައި ފެނިގެންދާ ބަދަލުތައް ބަލައިގަތުމާއި، ކުރިއެރުމުގެ ފުރުސަތުތައް ހޯދައިގަތުމާއި، އަދި ކުރިއަރަމުން އަންނަ ޕްރިވެޓް އަދި ޕަބްލިކް ވިޔަފާރީގެ މާހައުލުގައި ލީޑަޝިޕް ރޯލުތައް ތަޞައްވުރުކުރުމަށް މަސައްކަތް ކުރުމަށް މުހިންމު އެހިތެރިކަމެއް ފޯރުކޮށްދޭނެ އުނގެނުމެކެވެ.

ރޮބަޓް ގާސިއާގެ މާސްޓަކްލާސް ސީރީޒްގެ ފުރަތަމަ އިންސްޓޯލްމަންޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައެވެ. މިހަރަކާތް ކުރިއަށްދާނީ އޮކްޓޯބަރު 23 އިން 25 އަށް ވިލާ ނޯޓިކާ ގައެވެ. މި މާސްޓަރކްލާސްތަކަކީ ވާދަވެރި ކުރިއެރުމެއް ހޯދުމާއި، ލީޑަޝިޕްގެ ހުނަރު އިތުރުކުރުމާއި، ތަރައްޤީވަމުން އަންނަ މަންޒަރަށް ހޭނުމަށް ލިބޭނެ ފުރުސަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން