ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ތެރެއިން ގާބިލް ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރައްވާނެކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން އަލަށް އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގައި އޮންނާނެކަން އެމަނިކުފާނު ޔަގީންކޮށްދެއްވާފައި މިވަނީ މީގެކުރިން ދަ ޑިމޮކްރެޓްސްއިންވެސް އެކަން ހާމަކޮށްފައިވަނިކޮށެވެ. އެގޮތުން ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވިފަހުން، ދަ ޑިމޮކްރެޓްސްގެ އިންޓަރިމް ޗެއަރޕާސަން ހަސަން ލަތީފު ވަނީ މުއިއްޒުގެ ސަރުކާރުގައި އެ ޕާޓީގެ ބައިވެރިވުން އޮންނާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު މިއަދު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމުގައި ދަ ޑިމޮކްރެޓްސްގެ އެހީތެރިކަންވެސް ވަރަށް ބޮޑުކަމަށާއި އެކަން އެމަނިކުފާނު ބަލައިގަންނަކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ފުރުސަތު ދެވެން އޮތް މިންވަރަކުން ދެއްވާނެކަމަށެވެ. އަދި މަގާމު ދެއްވާނީ އެމަނިިކުފާނުގެ ބަސް ވިކޭ، ގާބިލް ބޭފުޅުންނަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ވީހާ ވެސް ގިނަ ރައްޔިތުން، ވީހާ ވެސް ގިނަ ބޭފުޅުންގެ ޝާމިލުވުން ހިމެނޭ ސަރުކާރެއް، ސާފު ސަރުކާރެއް، ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންނަށް އެ ބޭފުޅުން ފެނުނީމާ އެއީ އެ ކަން ކުރެވޭވަރު ބައެއް ކަމުގައި ގަބޫލުކުރާ ބަޔަކު ތިބޭނޭ" ރާއްޖޭގެ މީޑިއާއަކާއި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަގާމުތައް ދެއްވަން ނިންމި ނަމަވެސް، އެ ބޭފުޅުންގެ މެދުގައި އެކަމާއި ގުޅޭ އެއްބަސްވުމެއް ނެތްކަމަށެވެ.

ދަ ޑިމޮކްރެޓްސްއަކީ ރިޔާސީ އިންތިހާބުގައި 3 ވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ޕާޓީއެވެ. ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ފަރާތަކަށް ތާއީދުކޮށްފައެއް ނުވެއެވެ. ނަމަވެސް ނުސީދާކޮށް ދިޔައީ މުއިއްްޒުއަށް ތާއީދުކުރަމުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޢަލީ ރަމީޒު

09-Oct-2023

ކޮބާ ވެރިކަމަށް އާދެވުނީމަ ލާދީނީ ބަައިގަނޑާ ބަައިއަތު ހިފީދޯ. ވައްޓާލާނަން އިނގޭ މިބުނީ ވައްޓާލާނަން


-2

ރައްޔިތުމީހާ

17-Oct-2023

މަނިކުފާނު ވިސްނާ ވަޑާއިގެންނަވާ. ޑިމޮކުރަޓްސް އަކީ ހުޅަނގުގެ ފިކުރު. ސެކިއުލަރ ފިކުރު. ދެން މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ ޑިމޮކުރަޓްސް ވަޒީރުން އަޑުއަހައި ކިޔަމަންވާނީ އެއުރެންގެ ބޮޑު ކެނެރީގެ ނަސީދުއަށް



ޓްރެންޑިން