ހުޅުމާލޭ ހައިވޭގައި 4 ކާރު ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ބްރިޖް ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި 4 ކާރު ޖެހިގެން އެކްސިޑެންޓްވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން މިހާރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެކްސިޑެންޓާއި ގުޅިގެން ބްރިޖްގެ ޓްރެފިކް ބްލޮކްވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ބްރިޖް ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

މި ހާދިސާގައި އެއްވެސް ބަޔަކަށް އަނިޔާވިކަމަށް ފުލުހުން ރިޕޯޓްކޮށްފައިނުވިޔަސް ހައިވޭގައި ހިނގި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެެގެން ނައިބު ރައީސް ފައިސަލް ނަސީމް އެމީހާއަށް އެހީވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާތަން ފެންނަ ވިޑީއޯއެއް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މި ވީޑިއޯ ހިއްސާކުރި ފަރާތުން ވަނީ އެމަނިކުފާނު މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލެއަށް ދިޔަ މަގުމަތީގައި ހައިވޭގައި ހިނގާފައި އޮތް އެކްސިޑެންޓެއްގައި އަނިޔާވި ފަރާތަކަށް އެހީތެރިވެވަޑައިގެންނެވި ކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން