ކޮންމެ ޕާޓީއެއްގައި ހުންނެވިޔަސް ގާބިލް ބޭފުޅެއްނަމަ ސަރުކާރުގެ މަގާމު ލިބޭނެކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެއްބަސްވުމެއް ނެތަސް ސަރުކާރުގެ މަގާމު ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަަދު މުއިއްޒު ވިދާޅުވި ވާހަކަތައް ތަފްސީލް ކޮށްދެއްވަމުންނެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ "އެއްބަސްވުމެއް ނެތަސް ސަރުކާރުގެ މަގާމު ޑިމޮކްރެޓްސްގެ މެމްބަރުންނަށް" ދެއްވާނެކަމަށް އިންތިހާބީ ރައީސް ވިދާޅުވިކަމަށް ބުނާ ހަބަރުތަކުން އޮޅުންތަކެއް އަރާފާނެކަމަށެވެ.

ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކަކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާނެކަންވެސް އެ ވާހަކަތަކުން ހާމަކޮށްދޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުޠު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެ ފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ރާއްޖޭގެ މީޑިއާއަކާއި ވާހަކަދައްކަވަމުން މުއިއްޒު މިއަދު ވިދާޅުވީ ކޯލިޝަން އެއްބަސްވުމެއް ނެތަސް ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ތެރެއިން ގާބިލް ބޭފުޅުންނަށް ސަރުކާރުގެ މަގާމުތައް ދެއްވާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން