ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، (ފުރަހަނި ޝުޢައިބު) ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމައިފިއެވެ.

މިކަން އިއުލާން ކުރައްވަމުން ޝުއައިބު ވިދާޅުވީ އޭނާ މި މަގާމަށް ވާދަކުރައްވަން ނިންމެވީ މިވަގުތު ގަލޮޅު އުތުރު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ދަ ޑިމޮކްރެޓްސްގެ މެންބަރު އީވާ ޢަބްދުﷲ އެ މަޤާމުން ދުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.

2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޝުއައިބު އީވާގެ ދާއިރާއަށް ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓްގައެވެ.



ޝުޢައިބަކީ ރައީސް ނަޝީދުގެ ދައުރުގައި އެމްޑީޕީއަށް ތާއީދުކުރެއްވި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އެހެންނަމަވެސް، އޭނާ ޕާޓީން ބޭރުކުރި ފަހުން ނިމިދިޔަ އަހަރުގައި އޭނާ ވަނީ ސިޔާމް އަޙްމަދު (ސަން ޓްރެވެލް ސިޔާމް)ގެ ޕާޓީ، އެމްޑީއޭއަށް ސޮއިކުރައްވާފައެވެ. އެހެން ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީއޭ އެމްޑީޕީ ކޯލިޝަނުން ވަކިވުމުން ޝުއައިބު ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން