ރިޔާސީ އިންތިޚާބަށްފަހު ޑރ. މުޙައްމަދު މުޢިއްޒު ދަތުރުކުރައްވާ ފުރަތަމަ މަންޒިލަކަށް ތ. ގުރައިދޫ އިޙްތިޔާރު ކުރައްވައިފިއެވެ.

ވަގުތު ޓީވީއާއި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ހުރިހާ ރަށްރަށަށް އެއްފަހަރާ ދަތުރުކުރެއްވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ އިންސާފުވެރި ގޮތަކީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި ރަށަކަށް އެންމެ ފުރަަތަމަ ޒިޔާރަތްކުރެއްވުން ކަމުގައި ނިންމެވި ކަމަށެވެ. އެ މަނިކުފާނު މިފަދައިން ނިންމެވީ ލީޑަރޝިޕާއި ކުރެވުނު މަޝްވަރާއަށްފަހުގައެވެ.



ޑރ. މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ހުރިހާ ރަށަކުންވެސް އެމަނިކުފާނު އެރަށަކަށް ވަަޑައިގަތުމަށް އެދިފައިވެއެވެ. ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ އިންސައްތައަށް ބަލާއިރުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ތ. ގުރައިދޫއިންނެވެ.

އެހެންކަމުން، ސަރުކާރު ތެރޭގައި ކުރައްވަން ޖެހިވަޑައިގަންނަވާ ބައިވަރު މަސައްކަތްތައް ހުއްޓަސް، ވަރަށް އަވަހަށް ތ. ގުރައިދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން