ފޮޓޯ: ސަން.އެމްވީ
ފޮޓޯ: ސަން.އެމްވީ
ރޭގައި މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ ބައްޕާފުޅު އަޙްމަދު މަނިކުގެ ޙާލު ދެރަވެ، ދިރިހުރުމުގެ އުންމީދު ގެއްލިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އުމުރުން 74 އަހަރުގެ އަހްމަދު މަނިކަކީ އަމީންގެ އިތުރަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މުޙައްމަދު އަމީތުގެ ވެސް ބައްޕާފުޅެވެ.

އަޙްމަދު މަނިކަށް އަނިޔާވެފައިވަނީ ރޭ އިރާކޮޅު 7:44 އެހާކަށްހާއިރު އިޝާ ނަމާދަށް ފަހު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކާރެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް ފުލުހުން ބުނެފަެި ވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު ޗައިނާ އެމްބަސީ ކައިރިން ދުއްވާފައިދިޔަ ސައިކަލާއި ކާރު ޖެހި އެކްސިޑެންޓް ވެގެންނެވެ.

އެކްސިޑެންޓުގައި އަޙްމަދު މަނިކުގެ ބޮލަށް އަނިޔާވެ އެތެރެއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އޭނާއަށް މިވަގުތު ދަނީ އައިޖީއެމްއެެޗްގެ އައިސީޔޫއިން ފަރުވާ ދެމުންނެވެ.

މާލޭގައި މި އެކްސިޑެންޓް ހިނގުމުގެ ކުރިން އިއްޔެ ހަވީރު ހުޅުމާލޭ ހައިވޭގައިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަެި ވެއެވެ. އެގޮތުން، ބްރިޖް ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި 4 ކާރު ޖެހި ނުރައްކާތެރި އެކްސިޑެންޓްއް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން