ދިގު މުއްދަތަކަށް ވެރިކަމުގައި އެއް ބޭފުޅަކު ހުންނަވަން އުންމީދުކުރެއްވުމަކީ ގޯސް ޚިޔާލުފުޅެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގެ "ދަ ހިންދޫ"އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ އެމެރިކާގައި މީގެ ކުރީގައި އޮތް 30 އަހަރުގެ ދިގު ވެރިކަން ފަދަ ވެރިކަމެއް ރާއްޖޭގައި ބާއްވަން އެދިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ދިގު މުއްދަތަކަށް އެއް ބޭފުޅަކަށް ވެރިކަން ކުރެއްވުމުގެ ފުރުޞަތު ނުދެއްވުމަށްޓަކައި ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"2020 ވަނަ އަހަރުއްސުރެ އަޅުގަނޑު އެންމެން ގާތު ބުނަމުން ދިޔައީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެ ކަމަށް. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ތާގައި ރައީސަކަށް ދެވަނަ ފަހަރަށް ރާއްޖޭގައި ރިޔާސީ ކެންޑިޑެޑަސީ ލިބިދާނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށް. އެއީ ޚިޔާލީ ވިސްނުމެއް. ޚިޔާލީ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ސްޓްރެޓެޖީތަކުގެ ސަބަބުން އުއްމީދީ ނަތީޖާތަކެއް ނުލިބޭނެ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވިވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު މާ ކުރިންވެސް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

އަދި ހަމައެއާއިއެކު، ނޮވެމްބަރ 17ގައި އޮންނަ ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ދައުވަތު ދެއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު އަރިހުގައި ޓްރާންސިޝަން އޮފީހުން ބުނެފައިވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދިވެހި ރައްޔިތުން

09-Oct-2023

ރަނގަޅަށް ވެސް ނަޝީދުގެ އެންމެ އައުލާ ސިފައަކީ ލިބޭ ފުރުސަތު ނަގާލުން ހަލާކުވެގަތުން



ޓްރެންޑިން