ފޮޓޯ: ޑްރީމްސް މޯބައިލް ފިހާރަ
ފޮޓޯ: ޑްރީމްސް މޯބައިލް ފިހާރަ
މާލޭ ޑްރީމްސް މޯބައިލްގެ ފިހާރައެއްގައި ހުރި ބިދޭސީއެއްގެ ކަރަށް އަންހެނަކު ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޑްރީމްސް މޯބައިލް ފިހާރަ ތެރޭގައެވެ. ޑްރީމްސް މޯބައިލް ފިހާރައިގެ މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ހާދިސާގައި އަނިޔާވެފައިވަނީ އެ ފިހާރައިގެ ބިދޭސީ ކޭޝިއަރަކަށް ކަމަށެވެ. އޭނާއަށް ހަމަަލާ ދީފައިވަނީ ފިހާރައަށް ވަތް އަންހެނެކެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:02 އެހާކަށްހާއިރު ފިރިހިނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން 29 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި." ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެ ފިހާރައިން ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި މި އަންހެން މީހާ ފިހާރައަށް ވަނުމަށްފަހު ފޯނެއް ދައްކަން ބުނެއެވެ. އަދި އޭނާއަށް ކޭޝިއަރ ފޯނެއް ދެއްކުމަށްފަހު ދެކެވުނު ވާހަކައިން އޭނާ ކޭޝިއަރާއި ދިމާލަށް އިނގިލި ދިއްކުރި މަންޒަރު ފެނެއެވެ.

އެއަށްފަހު ކޭޝިއަރ މީހަކަށް ގުޅާ ތަން ފެނެއެވެ. އޭނާ ފޯނުކުރަން ހުއްޓާ ކުއްލިއަކަށް އަންހެންމީހާ ކައުންޓަރ ކައިރީގައި ހުރެ އަވަސްއަވަހަށް އޭނާގެ ކަރަށް ވަޅިން ހަމަލާ ދިނެވެ. އަދި ހަމަލާ ދިނުމަށްފަހު ވަޅި ހިފައިގެން އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ.



ޑްރީމްސް މޮބައިލްއިން ބުނީ ވަޅި މާ ފުނަށް ހެރިފައިނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން