ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން ކުރަންޖެހޭ މަސައްކަތްތައް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅަންޖެހޭ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފައެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާ މައިގަނޑު ސަބަބަކީ، މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއަށް ވެފައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ އެ ޕާޓީއަށް އޮންނަންޖެހޭނެ މަގާމެއް ކަަމަށް ޕީޖީ ގްރޫޕްގެ މެމްބަރުން ގަބޫލުކުރައްވާތީކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެމްޑީޕީއަށް ނިސްބަތްވާ 55 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

މީގެކުރިންވެސް އެމްޑީޕީން ވަނީ މަޖިލިސް ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މަޖިލިސް ހުއްޓުމަކަށް އައުމުން އެކަން ކާމިޔާބުވެފައެއް ނުވެއެވެ. އަދި ފަހުން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން