އަހުމަދު މަސްނޫމް   8 އޮކްޓޯބަރު 2023 - 6:12
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރަކުން ބޭރަށް ވެއްޓުނު ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ވެއްޓުނީ އެޗް 6 ޓަވަރުގެ 12 ވަނަ ފްލޯއިންކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:58 ހާއިރުއެވެ. އަދި އެކުއްޖާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މިރޭ 12:45 ހާއިރުއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބަލަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން