މޫސާ ޢަލީ (ހާސާ)   8 އޮކްޓޯބަރު 2023 - 12:58
މިސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަ އަބްދުﷲ އަމީންގެ ބައްޕަ ނިޔާވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަމީންގެ ބައްޕަ އަހުމަދު މަނިކު ނިޔާވީ ރޭގެ ވަގުތެއްގައެވެ.

އުމުރުން 74 އަހަރުގެ އަހުމަދު މަނިކު ނިޔާވީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން އަހުމަދު މަނިކުގެ ސިކުނޑިއަށް ލޭއެޅި ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައެވެ.

މި އެކްސިޑެންޓް ހިނގަފައިވަނީ އަހުމަދު މަނިކު ބޮޑުތަކުރުފާނު މަގު ޗައިނާ އެމަބަސީ ކައިރިން ސައިކަލުގައި ފުއްވާފައި ދަނިކޮށް ކާރެއްގައި ޖެހިގެންނެވެ. އަހުމަދު މަނިކު އެކްސިޑެމްޓްވީ ނަމާދުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައެވެ.

އަހުމަދު މަނިކުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.

ގދ. ގައްދޫއަށް އުފަން އަހުމަދު މަނިކަކީ ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން