ދިފާއުވުމުގެ ކުޅަދާނަކަން ލިބިގެންނުވާ ފަލަސްތީން ސަރަހައްދުތަކުގައި ތިބި ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ބާރުގެ ބޭނުންކުރަމުންދާ ދިއުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޞާލިހު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ދެފަރާތަށްވެސް ސުލްހަވެރި ހައްލެއް ލިބި ހަމަޖެހުން ގާއިމު ކުރެވޭނީ ފަލަސްތީނާއި އިޒްރާއީލަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ގަބޫލުކޮށް އެކަން ބަލައިގަނެގެންކަން ރާއްޖެއިން ގަބޫލުކުރާ ކުރުން ތަކުރާރު ކުރައްވާފައެވެ. ރައީސް ޞާލިހުގެ މެސެޖުގައި ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ކަމަށާއި އަދި އެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ލިބެންޖެހޭނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާކަން ހާމަކުރަށްވާފައި ވެއެވެ.



އަދި ހަމައެއާއިއެކު، ރައީސް ވަނީ ފަލަސްތީނާއި އިޒްރޭލުން ސުލްހަވެރި ޙައްލެއް ހޯދައިގެން އަމާންކަން މަތީ ދެމިތިބުމަށްވެސް ގޮވާލައްވާފައެވެ.

ފަލަސްތީނާ އިޒްރޭލާއި ދެމެދު އިއްޔެ އަނެއްކާވެސް ހަނގުރާމަ ފެށިފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށްފަހުގައެވެ. ރައްދުގައި އިޒްރޭލުން ވަނީ ގާޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން