އިންތިޚާބީ ރައީސް ސަރުކާރާއި ހަވާލުވުމުގެ މަރުހަލާ ފެށިފައިވަނިކޮށް، އަލަށް އައްޔަނުކުރެވޭ އެޓާރނީ ޖެނެރަލާއި ރައީސުލްޖުމުހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރު ޖޭ.އެސް.ސީ އާއި ގުޅިވަޑައިގަތުމުގެ ކުރިން ހައިކޯޓާއި ސިވިލް ކޯޓަށް އިސް ފަނޑިޔާރުން ނެގުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ކުރީގެ އެޓާނީ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިފަދައިން ވިދާޅުވީ ޖޭއެސްސީން ބުރާސްފަތި ދުވަހުގައި ހައި ކޯޓަށް އިސް ފަނޑިޔާރަކު ނެގުމަށް އިއުލާން ކުރުމާއި ގުޅިގެންނެވެ. ޖޭއެސްސީން ވަނީ ހަމަ އެދުވަހު ސިވިލް ކޯޓުގެ އިސް ޤާޟީގެ މަޤާމަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފައެވެ.



މިހިނގާ އިންތިގާލީ މަރުހަލާގައި ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އިތު އާ ޕްތޮޖެކްޓްތައް ނުފެށުމަށް ކުންފުނިތަކާބެހޭ އިދާރާއިން ވަނީ އަންގާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި މުހުތާޒް މިހާރު މަސައްކަތްކުރައްވަނީ ދެކުނު އޭޝިއާ ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން