ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރެއްވުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރ ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

އިސްރާއީލުގެ އިސްތިއުމާރީ އަތްދަށުގައި ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނަށް ތަކުރާރުކޮށް އަހަރުތަކެއް ވަންދެން އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާތީ ގާސިމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ޙާލަތުގެ ސަބަބުން އެތައް މިލިއަން ފަލަސްތީން ރައްޔިތުން ޝަހީދުވެގެން ދިޔަކަން ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވަނީ ގާޒާގައި ތިބި ފަލަސްތީން ރައްޔިތުންނަށް އިސްރާއީލުން ކުރިމަތިކުރުވި ބްލޮކޭޑް، ފަލަސްތީންގެ ކުށެއް ނެތް ޢާންމުން ޖަލުގައި ހައްޔަރުކުރުމާއި އެއްގޮތްކުރައްވާފައެވެ.

މީގެ އިތުރަށްވެސް، ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާދެނީ އިޒްރޭލުގެ އަމަލުތަކާއި ގުޅިގެންކަން ގަބޫލުކުރަންޖެހޭކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ދިފާއުގައި މަސައްކަތްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ހައްޤު ލިބިގެންވާ ކަމަށާއި އެމީހުންގެ ބިމުގައި މިނިވަންކޮށް އުޅުމުގެ ހައްގުތައް އިޒްރޭލުން ނިގުޅައިގަންނަން ނުޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



ގާސިމް މިފަދައިން ވިދާޅުވީ އިއްޔެ އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމާއި ގުޅިގެން އެކްސްގައި ޚިޔާލު ފާޅު ކުރައްވަމުންނެވެ.

ފަލަސްތީނާ އިޒްރޭލާއި ދެމެދު އިއްޔެ އަނެއްކާވެސް ހަނގުރާމަ ފެށިފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށްފަހުގައެވެ. ރައްދުގައި އިޒްރޭލުން ވަނީ ގާޒާގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތައް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން