އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި މަޝްވަރާނުކުރަށްވައި އެމަނިކުފާނާއި ބެހޭގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވީތީ އެކަމާއި ހިތާމަކުރައްވާ ކަަމަށް އިންތިގާލީ ރައީސްގެ ތަރުޖަމާނު ފިރުޒުލް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމަށް ތާއީދުކުރައްވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވީ ޑރ. މުޢިއްޒާއި މަޝްވަރާނުކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ ކުރިއެކޭވެސް އެއްގޮތަށް އެމަނިކުފާނު ވަކާލާތު ކުރައްވަނީ ބޭރު ޤައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބެން ނުޖެހޭނެ ކަމަށްކަން ތަކުރާރު ކުރައްވާފައެވެ.

"އެ ވާހަކަފުޅަކީ އެއްވެސް ޙާލެއްގައި އިންތިހާބީ ރައީސްއާއި މަޝްވަރާ ކުރެވިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫން. އިންތިހާބީ ރައީސް އިންޑިއާ ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓު ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަށް ދުވަހަކުވެސް ނުރުހެވޭނެއޭ ވިދާޅުވި." ފިރުޒުލް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފިރުޒުލް ވިދާޅުވީ އެއީ އެމްޑީޕީގެ އެތެރޭގެ މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން އިންތިގާލީ މަސައްކަތަށް ބުރޫ ނާރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން