އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ފޭކް މެސެޖްތައް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިންތިގާލީ ތަރުޖަމާނު ފިރުޒުލް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިކަން ހާމަކުރެއްވީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ. މުޢިއްޒުގެ ނަމުގައި، އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް އެދި އަދި އެމަނިކުފާނާއިއެކު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދި ޓެލެގްރާމްގެ ޒަރީޔާއިން ފޭކް މެސެޖުތަކެއް ބަޔަކު މީހުން ފޮނުވަމުންދާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެއީ ޑރ. މުޢިއްޒު ފޮނުއްވާ މެސެޖުތަކެއް ނޫންކަން ފާހަގަކުރައްވަމުން ފިރުޒުލް ވަނީ އެފަދަ މެސެޖުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ ކުރީގައި ޑރ. މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް އިންތިޚާބުވި ދުވަސްވަރު ވެސް އެމަނިކުފާނުގެ ނަމުގައި ފޭކް މެސެޖްތައް އެކި ފަހަރުމަތިން ދައުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން