އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް
އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އެމްޑީޕީ ޕާލިޔަމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

މި މައްސަލަ މަޖިލީހަށް އަނބުރާ ވެއްދުމަށް ނިންމީ މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އެ ޤަރާރުގައި ސޮއިކުރެއްވީ ޕީޖީ ގްރޫޕްގެ 45 މެންބަރުންނެވެ.

އެމްޑީޕީން މިފަދައިން ނިންމީ ރައީސް ނަޝީދު އެޕާޓީއަށް ގެއްލުން ދޭން އުޅޭ ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެޕާޓީން ދެކޭ ގޮތުގައި މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނަވަން އެންމެ ރަނގަޅީ މަޖިލީހުގެ މެޖޯރިޓީ ތަމްސީލުކުރައްވާ ޕާޓީގެ މެންބަރެކެވެ.

މީގެކުރިންވެސް އެމްޑީޕީން ވަނީ މަޖިލިސް ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން މަސައްކަތް ކޮށްފައެވެ. އެފަހަރު ހުށައެޅީ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް މަގާމުން ވަކި ކުރުމަށެވެ. ނަމަވެސް މަޖިލިސް ހުއްޓުމަކަށް އައުމުން އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ފަހުން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުންނަމަ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހަޅައިފިއްޔާ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސްއެވެ. އަދި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިއްޔާ، ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން