އިންތިޚާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން މިހާރުޢާންމު ކޮށްފައިވާ ކަމަށެވެ. އަދި މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރިޕޯޓާމެދު ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ހަބީބު އިރުޝާދުދެއްވިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮން ތާރީޚެއްގައި ކަމެއް އީސީން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިހާރު 87 ދާއިރާ ހިމެނޭ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ 6 ދާއިރާއެއް އިތުފުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން