ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މިއަދު ނިންމާފައިވަނިކޮށެވެ.

އެމްޑީޕީން ވަނީ މިދިއަ ޖޫންމަހުވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅުމަށް އެމްޑީޕީން ނިންމުމާއި ގުޅިގެން މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވަނީ ދައުރެއްގެ ތެރޭގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ އެންމެ ފަހަރަކުކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ދެން ހުށަހެޅޭނީ އަންނަ ދައުރުގައިކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ރަސްމީކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް އެ މައްސަލަ ހުށަހަޅާނެއެވެ.

އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ އެމްޑިޕީއަށް މަޖިލީހުގެ ރިޔާސަތު ހޯދުމަށްކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީ ޓިކެޓްގައި މަޖިލިހަށް އިންތިހާބުވެވަޑައިގެން، މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ނަޝީދު ވަނީ ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަގަނޑެއްގެ، ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ާޢާދަމް

09-Oct-2023

ބަލަ ތީކީ ނަޝީދު އަމިއްލަ ތަނެއްތޯ



ޓްރެންޑިން