ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރަ އެނގިވަޑައިނުގަންނަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާއަކުން ހިންގާ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވަނީ ކިހާވަރެއްގެ މުސާރައެއް ކަމެއް އެެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސުލްޖުމޫހުރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ނުބައްލަވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވީ ލިބިވަޑައިގަންނަވާނެ މުސާރަ އެއް ބައްލަވައިގެން ނޫން ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަކީ އެމަނިކުފާނު ވަޒީފާ އެއްގެ ގޮތަށް އަދާކުރައްވާ މަގާމެއް ނޫން ކަމަށް ވެސް މުޢިއްޒުވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވީ ގައުމު ހަމަމަގަށް އަޅުވައި ރައްޔިތުން އެދޭފަދަ ގޮތަކަށް ގައުމުގެ ކަންކަން ގެންގޮސްދިނުމުގެ ހެއު ނިޔަތުގައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ގައުމުގެ ހައްގުގައި ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭފަދަ ވެރިކަމެއްކޮށް ރައްޔިތުން އެދޭފަދަ ހެއު ބަދަލުތަކެއް ގައުމަށް ގެނެސްދީ ފިކުރީ ގޮތުންނާއި އަޅުގަނޑުމެންގެ އުޅުމާއި ގުޅުމާއި އަޚުލާޤީ ގޮތުންނާއި އަޅުގަނޑުމެންގެ މިނިވަންކަން ޔަގީންކޮށްދިނުމާއި އަޅުގަނޑުމެންނަށް ތަރައްގީ ގެނެސްދިނުމާއި އިގްތިސާދު ހަރުދަނާ ކުރުމާއި މިކަހަލަ ބޮޑެތި ކަންތައްތައް ކޮށްދޭން ވެގެން ކުރިމަތިލީ، އެއްގޮތަކަށް ވެސް ވަޒީފާ އެއް ހޯދާކަށް ނޫން. އާމްދަނީ އެއް ހޯދާކަށް ނޫން، އަލްހަމްދުލި ﷲ އަޅުގަނޑަށް މީގެން އެއްވެސް ކަމަކަށް ކުރިމަތިނުލައިފިނަމަ މާ ފަސޭހައިން އުޅެވޭނެ، އަޅުގަނޑު ނުޖެހޭނެ އާމްދަނީ އެެއް ހޯދަން މިކަހަލަ ކަމެއް ކުރާކަށް،" މާލޭ ސިޓީ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 118 ވަނަ މާއްދާ ބުނާގޮތުން ރައީސުލްޖުމޫހުރިއްޔާ އާއި ރައީސުލްޖުމުހޫރިއްޔާގެ ނައިބަށް މުސާރަ އާއި އިނާޔަތްތަށް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް 100000 (އެއްލައްކަ ރުފިޔާ) މުސާރަ އެއް މިހާރު ލިބިވަޑައިގަންނަވައެވެެ.


ކިޔުންތެރިންގެ ހިޔާލު


2

ނަސީމު

17-Oct-2023

ގަދަ، ތިހެން ވާން ޖެހޭނެ. އެކަމަކު މި ސަރުކާރު އައިސް ވަޒީފާ ތަކުން މީހުން ކަޑާ ގެއަށް ފޮނުވާ ލެވުނު މީހުނަށް ހައްްޤު ހޯދަދެއްވަން ވާނެ.



ޓްރެންޑިން