ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު ސިވިލް ސާރވިސް ވަޒީފާތަކަށް މީހުން ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލައި، އެ އުސޫލަށް އަމަލުކުރަން ސިވިލް ސާރވިސް ކޮމިޝަނުން އަންގައިފިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ނެރުނު ސާކިއުލާގައި ބުނީ ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި އިމާމުންގެ މަގާމުތަކަކީ ކޮންމެހެން މެދުނުކެނޑި ހިދުމަތް ލިބެންޖެހޭ މަގާމުތަކެއްކަމަށްވުމުން މިހާރުވެސް އޮންނަ އުސޫލުން އެ މަގާމުތަކަށް މީހުން އައްޔަންކުރެވޭނެކަމަށެވެ. އަދި އެ މަގާމުތައް ފިޔަވައި އެހެން މަގާމުތަކަށް ކޮންމެހެން މީހުން އައްޔަބްކުރަންޖެހޭ ހާލަތްތަކުގައި ސިވިލް ސާރވިސް ކޮމިޝަނަށް ހުށަހަޅައިގެން ހުއްދަ ހޯދައިގެން ކުރިއަށްދިއުމަށް ސަރކިއުލަރގައިވެެއެވެ.

ސަރކިއުލަރގައި ވަނީ އަލަށް މަގާމުތައް އުފެއްދުމާއި އައު އޮނިގަނޑުތަކުގެ ވަޒީފާއަށް މީހުން ނެގުމާއި ހުސްވާ ވަޒީފާތަކަށް މީހުން ނެގުން މިވަގުތަށް މަޑުޖައްސާލުމަށް އަންގާފައެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން މި އުސޫލާއި އެއްގޮތަށް ކުރިއަށް ދިއުމަށް ސަރުކާރު އޮފީސްތަކަށް އަންގާފައެވެ.

ވަޒީފާތަކަށް މީހުން ނެގުމުގެ އިތުރުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެއްވެސް އައު މަޝްރޫއެއް ނުފެށުމަށްވެސް ވަނީ ކަމާއި ބެހޭ އިދާރާތަކުން އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން