ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނަށް ވިދާޅުނުވެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެެ. އެ މައްސަލަ މަޖިލީހަށް ހުށައެޅި ނަމަވެސް މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅަން އެދިވަޑައިގަތުމުގެ ފުރުސަތު ރައީސް ނަޝީދަށް އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކުރަން ނުވަތަ ބަލައިނުގަނެވޭނޭކަމަށް ނޭންގެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސަކަށް މަޖިލީހުގެ ގަވައިދު ވެސް އެނގެންވާނެ. ގަވައިދުގެ އެއްވެސް ތަންކޮޅެއްގައި ނީންނާނެ ވާހަކައަކީ އެ ކަން ނުކުރެވޭނެ ކަމަކަށް،" މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނާޅަން އެދި އިންޒާރުގެ މެސެޖު އެކި މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވަމުން ގެންދަވާކަމަށެވެެ. އަދި އެކަަމަކީ ވަރަށް ސާފުކޮށް ކުރެވެން އޮންނަ ކަމެއް ކަމަށާއި އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން